ޚަބަރު ޝަރުޢީ ދާއިރާ

ޝިއާގެ މަރު: ޝަރީޢަތް ނިމެންދެން ޝާހިލް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހައްޔަރުކޮށްފައިވާ ޝާހިލް.

ރޭގެ ވަގުތެއްގައި މާލޭގައި ރަޙުމްކުޑަ ގޮތަކަށް ޒުވާން އަންހެނަކު މަރައިލި މައްސައިގެ ތުހުމަތުގައި ހައްޔަރުކުރި ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23), ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

Ads by STELCO

ފުލުހުން އެދުމުން ކްރިމިނަލް ކޯޓުގައި އެ އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ. އެ އަޑުއެހުމުގައި ގާޒީ އަމުރުކުރެއްވީ ޝަރީޢަތް ނިމެންދެން ޝާހިލް ބަންދުކުރުމަށެވެ.

ޏ.ފުވައްމުލަކު، ކުރި، މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (22), މަރާލައިފައި އޮއްވާ ފެނުނީ ހ.ޝީރީން ވިލާގެ ނުވަވަނަ ފްލޯގައެވެ.

ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންކަމަށްވާއިރު, އޭނާގެ ގައިގައި ވަރަށް ގިނައިން ލޭ ހޭކިފައި ހުއްޓެވެ.

ޝިއާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ވަކިކޮށްލާފައިވާއިރު މިއީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ރަޙުމްކުޑަ އެއް މަރެވެ.

 

  1. ކަޅޭ

    މިހާރު ހިއުމަންރައިޓްސް ކިޔާ ބަޔަކާ ފާޑުފާޑުގެ ޖަމުއްޔާތަށް ތެޅިފޮޅޭނެ މިސޮރުގެ ހައްގޭ.. ރައޓްސް ފުރިމަތޯ ބަލަން.. މިކިޔާ ޖަމުއްޔާތަކުން ކުޑަމިނުން ހިތާމަ ލިބުނުނު އާއިލާގެ މީހުންގެ ހާލުވެސް ބަލާނުލާނެ.

  2. މާލޭގެ ވެށި މިވަނީ ޝިރުކާއި ބޮޑެތި ފާފަކުރުން ތަކުން ތަޢައްޔަރުވެފައި، ވެށި ތާހިރުވާނީ ﷲ އެއްކައުވަންތަކޮށް އިސްލާމް ދީނަށް އުޅެގެން !