ޚަބަރު

މިއީ ޝައިތޯނީ ވެރިކަމެއް، ސަރުކާރު ވައްޓާލާނަން: ލަތީފު

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ޝައިތޯނީ ވެރިކަމެއް ކަމަށާއި މި ސަރުކާރު ވައްޓާލާނަން ނިކުންނާނެ ކަމަށް ކުރީގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަޠީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

އައްޑޫ ސިޓީ ހުޅުދޫގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަޠީފު ވިދާޅުވީ ވެރިކަން ވައްޓާލުމަށް މަގުމައްޗަށް ނިކުންނަން ތައްޔާރުވަމުންދާ ކަމަށެވެ.

ލަތީފު ވަނީ ކައުންސިލް އިންތިހާބަށް ހުރިހާ ރައްޔިތުން އެކުގައި މަގުމައްޗަށް ނިކުމެ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން ގޮވާލާފައެވެ.

"މި ސަރުކާރު ވައްޓާލާނަން، މިއީ ޝައިޠޯނީ ވެރިކަމެއް" ލަތީފު ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ލަތީފް ވަނީ މީގެ ކުރިން ވެސް ދެއްވާފައެވެ. ލަތީފްގެ މި ވާހަކައަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އިރު އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށްވެސް ބައެއް މީހުން ވަނީ ސިފަކޮށްފައެވެ.

ނަމަވެސް އޭނާ ފަހުން ވިދާޅުވީ ހަތިޔާރު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ނިކުތުމަށް ގޮވާލީ މަޖާޒީ ގޮތުން ކަމަށެވެ. އެއީ ކެމިކަލް ހަތިޔާރާއި، ބަޑި އާއި ލޮންސި އަދި ކަތިވަޅި ހިފައިން ނިކުންނަ ވާހަކަ ނޫން ކަމަށް ލަތީފް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!