ޚަބަރު

ކުޅުދުއްފުށީގައި ދެން ބާއްވަން ޖެހޭނީ ސިޓީ ކައުންސިލް އިންތިޚާބެއް: ކައުންސިލްގެ ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީގައި ދެން ބާއްވަން ޖެހޭނީ ސިޓީ ކައުންސިލް އިންތިޚާބެއް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ލަތީފް މިއަދު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެރަށުގެ އާބާދީ 10،000 އަށްވުރެ މަތި ވެއްޖެ ކަމަށާއި އެހެންކަމުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، ބައެއް ރަށްތަކަށް ގާނޫނީ ހުރަސް ނައްތާލައިގެން ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޓީއަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތެއް މިހާރު ވެސް އެރަށުން ލިބެމުން އަންނަ ކަމަށެވެ.

މިހާރު ރާއްޖޭގައި އޮންނަނީ ތިން ސިޓީއެވެ. އެއީ މާލޭ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!