އަލަމްގިރި ރާއްޖެ ގެނައީ މި ކުންފުންޏަކުން ނޫން: އާރްސީސީ
ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރަކީ އެ ކުންފުނިން ރާއްޖެ ގެނައި މީހެއް ނޫންކަމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ބުނެފިއެވެ.
އަލަމްގީރު ނުވަތަ އަލަމްގިރި ރާއްޖެ ގެނެސް އާރްސީސީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް މީސް މީޑިއާގައިވަނީ އަޑު ފެތުރިފައެވެ.
އާރްސީސީން ރޭ ބުނީ އަލަމްގީރަކީ އެ ކުންފުނިން ރާއްޖެ ގެނެސް, އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މީހެއް ކަމަށް ބުނެ މީސް މީޑިއާގައި މިހާރު ދެކެވެމުންދާ ވާހަކަތަކަކީ
ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ކުންފުނި ބަދުނާމުވާ ގޮތަށް ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަ އެކިއެކި ގޮތް ގޮތުން ފެތުރުމަކީ އެ ކުންފުނިން ބަލައިގަންނާނެކަމެއް ނޫން ކަމަށާއި, އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އާރްސީސީން ބުންޏެވެ.
އާރްސީސީއަކީ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްގެ ޢާއިލީ ކުންފުންޏެކެވެ.
ބިދޭސީ މީހާގެނައި ކުންފުނިތޯ އެޢަމަލުގައި ކުވެރިވަނީ ކުރިމީހުންބަރީޢަވީތޯ
ކާނަލުން ތިއަގޮތައް ބުނާބުނުން ވީޑިއޯ ތަކުން ހާމަކުރާނީ: ވިޔަފާރިވެރި މީޑިންތަކުންވެސް ކާނަލުން ވިޔަފާރި ފުޅާވީ މަންޒަރު ރައްޔަތުން ނަށް ފެނިއްޖެ؛އަނގަ މަޑުން ލައިގެން ހުންނަވާ�