ޚަބަރު

ބޯނަސްގެ ގޮތުގައި އާރްސީސީ މުވައްޒަފުންނަށް އެއް މަސް ދުވަހުގެ މުސާރަ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ މުވައްޒަފުންނަށް ހުސްވި 2020 ވަނަ އަހަރުގެ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން އެކުންފުނިން ނިންމައިފިއެވެ.

Ads by Hajj Corporation

އާރްސީސީން މިއަދު ބުނީ ކޮވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި އެ ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވިޔަސް، މުވައްޒަފުންގެ ހިތްވަރުގެ އަގު ވަޒަން ކުރުމަށްޓަކައި، އެއް މަހުގެ މުސާރަ، 2020 ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ.

އާރްސީސީގެ މި ނިންމުމާ ގުޅިގެން ގިނަ ފަރާތްތަކުން އަންނަނީ އެ ކުންފުންޏަށް ތައުރީފްކޮށް، އެހެން ކުންފުނިތަކުން ވެސް ނަމޫނާ ލިބި ގަންނަން ޖެހޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އެކުންފުނީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށާއި ، އެފަރާތްތަކަށް ބޯނަސް ލިބިގެން ދިޔުން އެއީ އުފަލެއް ކަމަށެވެ.

"ބޮޑެތި މާލީ ދަތިތަކާއެކުވެސް، 2020 ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމުމަކީ އުފަލެއް. އާރްސީސީން މުވައްޒަފުންގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާނެ." ނާޒިމް ވިދާޅުވިއެވެ.

ކޮވިޑް-19 އިން އިގްތިސޯދަށް ކުރި އަސަރާއެކު ގިނަ ކުންފުނިތަކުން ވަނީ ކުންފުނީގެ މުވައްޒަފުން މަދުކޮށް، މުސާރަ ވެސް ކުޑަ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!