ޚަބަރު އިޖުތިމާޢީ

ޕޯސްޓްމޯޓަމް ހަދަން ޝިއާގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝިއާގެ މަރުގެ ހާދިސާ ހިނގިރޭ ހ.ޝީރީންވިލާގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: އަދަދު

މާލޭ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރައިލި ޏ.ފުވައްމުލަކު, ކުރި, މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި އަނިޔާވެރި ގޮތަކަށް ޝިއާ (22) މަރާލައިފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރ ދުވަހުގެ ރޭގައެވެ.

ޝިއާގެ ހަށިގަނޑު ފުރަތަމަ ގެންދިޔައީ ގަލޮޅު މޯޗަރީއަށެވެ. އެއަށްފަހު މިއަދުގެ ވަގުތެއްގައި ވަނީ ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފައެވެ.

ޝިއާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރީ އެންމެ މީހެކެވެ. ކުށުގެ ވެށިން ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23) އެވެ. އޭނާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!