ޚަބަރު

ނާޒިމް، ކާނަލް ނަޝީދު އަދި ރަފީއު ދޫކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުބަންދުން ދޫކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެ މީހުން ދޫކޮށްލި ނަމަވެސް ޕާސްޕޯޓް އޮތީ ހިފަހައްޓާފައެވެ.

  1. ދެރަކަމެއް

    މަށަށް އޭރުވެސް އެގޭ ތިކަން ވާނީ ތިހެންކަން މީ މޮޅުމީހާއަށް މޮޅުގޮތް ދެރަމީހާއަށް ދެރަގޮތް އޮންނަ ތަނެއް ޣާޒީންނާ ވަކީލުން މުއައްސަސާތަކުގެ ވެރިން ޤިޔާމަތްދުވަހުވެސް ތި ބޮޑުކަންމަތީ އެމީހުން ސަލާމަތް ކުރަން ތިބެންވާނެ އެހެންނޫނީ މިއަދު ލިބުނު ނަމާ ޝަރަފުގެ ބޭނުމެއް ނެތް