ޚަބަރު ޝަރުޢީ ދާއިރާ

އަލަމްގިރި ކޭސް: ޢަބްދުއްރަޙްމާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) މައްޗަށް ކުށް ސާބިތުވެ އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފިއެވެ.

Ads by STELCO

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި, ޢަބްދުއްރަޙްމާންގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އޭނާ ވަނީ އެ ދަޢުވާއަށް އިޢުތިރާފުވެފައެވެ.

އެހެންވެ ދައުލަތުން އެދިލެއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމަކަށެވެ. ނަމަވެސް ގާޒީއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ޙުކުމް އިއްވެވީ އަދަބުގެ ދެ ދަރަޖަ މަތިކޮށް, އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޢަބްދުއްރަޙްމާން ޖަލަށްލުމަށެވެ.

އެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ މައްސަލަ އިސްތިއުނާފުކުރީ މިދިޔަ މަހުގެ 28 ގައެވެ. ހައިކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ޢަބްދުއްރަޙްމާނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާ
އަލަމްގީރް އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯ ވެސް ޢާންމުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!