ޚަބަރު

އަލަމްގިރި އިތުރު ނުވަ މަހަށް ޖަލަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރު ހަ ދައުވާއެއް އަލަމްގީރްގެ މައްޗަށް ސާބިތުވުމުންނެވެ.

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރަށް އުފުލީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއެވެ. އެ ދަޢުވާތައް ސާބިތުވުމުން މިދިޔަ އޮގަސްޓުމަހު 31 ގައި އޭނާގެ މައްޗަށް އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ.

މީގެ އިތުރުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ ވެސް އުފުލިއެވެ. އެއީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ސިއްރުން ރެކޯޑް ކުރުމުންނެވެ.

އެއިން ކޮންމެ ދަޢުވާއަކަށް އިއްވީ 27 ދުވަހުގެ ޖަލު ޙުކުމެއް ކަމަށެވެ. އެ ގޮތުން ކޮންމެ ދަޢުވާއަކަށް 27 ދުވަހުގެ މަގުން އޭނާގެ މައްޗަށް އައިސްފައިވަނީ ޖުމްލަ 1080 ދުވަހުގެ ޖަލު ޙުކުމެކެވެ. އެއީ ތިން އަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!