ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަނީ
ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ އަސަސީ މުސާރައަށް މަހަކު 30,000 ރުފިޔާ ލިބޭނެއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ވެސް ލިބޭނެއެވެ.
އަދި މެޑިކަލް އިންޝުއަރެންސްއާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.
ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަނީ އެ ކޯޓުގެ ފަނޑިޔާރު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
Ads by HDC