ތިލަމާލެ ބުރިޖު ސާވޭގައި ބޭނުންކުރާ އުޅަނދު ފަރަށް އަރައިފި

ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި ބޭނުންކުރާ އުޅަނދު ފަރަށް އަރައިފިއެވެ.
ފުލުހުން ބުނީ ތިލަމާލެ ބުރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވާކަމަށް ވިލިމާލޭ ޕޮލިސްއަށް 14:25 ހާއިރު ފާހަގަކުރެވިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށެވެ.
މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއްނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.