ޚަބަރު ސިޔާސީ

މާއުނގޫދޫ ކައުންސިލަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ‏ތ.ގާދިއްފުށްޓާއި, މ.ދިއްގަރު ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓު ގުނުމުގެ ތެރެއިން. ފޮޓޯ: އީސީ

ށ.މާއުނގޫދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Hajj Corporation

އިލެކްޝަން ކޮމިޝަނުން ބުނީ އެ މަޤާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ރ.ރަސްމާދޫ, ތ.ގުރައިދޫ އަދި ލ.ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 01 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމަށް އީސީން ބުންޏެވެ.

ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންތައް އޮންނާނީ އޮކްޓޫބަރު 01 ވާ ހޮނިހިރު ދުވަހުކަމަށް ވެސް އީސީން ބުންޏެވެ.

މާއުނގޫދޫ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އެ ކައުންސިލުގެ މެންބަރުކަމުގައި ހުންމެވި މުޞްތަފާ ޢަބްދުލްޤައްޔޫމް މިދިޔަ ޖުލައިމަހު 20 ވަނަ ދުވަހު އިސްތިއުފާ ދެއްވުުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!