ޚަބަރު ސިޔާސީ

ނަސަބަށް ބެލުމެއްނެތި ތަޢުލީމީ ދަރިންނަށް ދައުލަތުގެ ތެރެއިން ޖާގަ ލިބެންޖެހޭ: ޑރ.ޝަހީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ދި އެޑިޝަން

ނަސަބަށް ބެލުމެއްނެތި ތަޢުލީމީ ދަރިންނަށް ވެސް ދައުލަތުގެ ތެރެއިން ޖާގަ ލިބޭނެ މަގު ހޯދަންޖެހިފައިވާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ.ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ މިއަދު މި އޮތީ އިސްލާހީ މަސައްކަތްތަކަށް ބޭނުންޖެހިފައި ކަމަށެވެ.

އެ ގޮތުން އިގުތިސާދު ހެޔޮ ގޮތުގައި ބޭނުން ހިފޭނެ ގޮތް ހަަދަންޖެހިފައިވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ނަސަބަށް ބެލުމެއްނެތި ތަޢުލީމީ ދަރިންނަށް ވެސް ދައުލަތުގެ ތެރެއިން ޖާގަހޯދައި, ޤައުމުގެ އިޖުތިމާޢީ ފޭރާން އަލުން އިޔާދަކޮށް, ޒުވާން ޖީލަށް ފުރުސަތު ލިބޭނެ މަގު ހޯދަންޖެހިފައިވާކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ތަޢުލީމީ ޤާބިލް ޒުވާނުން ތިބި ނަމަވެސް މި ސަރުކާރު އައި ފަހުން ބޭކާރު މަޤާމުތައް އުފައްދައި ގާތްތިމާގެ މީހުންނަށާއި ރަށްޓެހިންނަށް ދަނީ ވަޒީފާދެމުންނެވެ. އަދި އެފަދަ މަޤާމުތަކުގައި ތިބޭ ބައެއް މީހުންނަށް އަހަރެއްގެ މައްޗަށް އެއް މިލިއަނަށްވުރެ މާ ބޮޑު ޢަދަދެއް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެއެވެ.

  1. ނާޅި

    ދައުލަތުގެ ވިޔަފާރި ކުންފުނިތައް
    1/ އެސްޓީއޯ
    2/ ސްޓެލްކޯ
    3/ އެމްޑަބުލިއު އެސް
    4/ އެޗްޑީސީ
    5/ ފެނަކަ
    6/ ޝިޕިން ކުންފުނި
    7/ ޕޯޓްސް އޮތޯރިޓީ
    8/ ދިރާގް
    9/ ވަތަނިއްޔާ
    10/ އެމްޓީސީސީ
    11/ ކުއްޔަށް ދީފައިވާ ބިންތައް
    12/ އެއެމް ޕީއާރުސީ
    މިތަންތަނުން ދައުލަތަށް ލިބޭ އާމްދަނީން ދައުލަތް ހިންގޭނެ އިތުރުޓެކުސް ރައްޔިތުންގެ އަތުން ނުނަގާ ވެސް، ޓެކުސް ނަގަން އުޅެނީ ސިޔާސީ ބޭނުމަކު ސިޔާސީ މީހުންގެ ފައިދާޔަކަށް .