ނިޒާމު ބަދަލު ކުރުމުގެ ވާހަކައަކީ ރައީސާ ބެހޭ ވާހަކައެއް ނޫން: ނަޝީދު
ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކައަކީ، ޤައުމގެ ރައީސް ކަމުގައި ހުންނެވި ބޭފުޅަކާ ބެޙޭ ވާހަކައެއް ވެސް ނޫން ކަމަށް، އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުމަށް ބާރު އެޅުއްވުމުގެ ގޮތުން އެމަނިކުފާނު މިހާރު ހިންގަމުން އަންނަ ކެންޕެއިން ހަރަކާތުގެ ތެރެއިން، މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މި ބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ އެއްގޮތަކަށް ވެސް އެރިވަޑައިގަންނަވާކަށް ޖެހި ނުގަންނަވާ. ރައީސުލް ޖުމްހޫރިއްޔާއާ ބެހޭ ވެސް ވާހަކައެއް ނޫން ހަޤީޤަތުގައި." ރައީސް ނަޝީދު ވިދާޅުވީ ވަކި ވަކިކޮޅެއް ނަންގަވައިފިނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކޮންމެވެސް ދުވަހަކުން އަދިވެސް ވޯޓު ނަގާނެ ކަމަށެވެ.
"ތަންތަނުގައި ވިސްނޭ ވެރިން އެފަދަ ވޯޓުގެ ތެރެއަށް ނުވަދޭ. މޮޅުވާ ކޮޅަކަށް ދާނެ"
ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓަށް ކެމްޕެއިންކުރުން ނުހުއްޓޭނެ ކަމަށާއި، ރައީސް ރައްޔިތުންނަށް ގޮންނުޖެއްސެވުމަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވާ ކަމަށެވެ.
އަދި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަނީ މަދު ބައެއް ކަމަށް ދެކެވޭ ވާހަކަ ތަކަށް ވެސް ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. މިގޮތުން ވިދާޅުވެފައިވަނީ، އެމްޑީޕީން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ވެރިކަމަށް އައުމަށް ކެމްޕޭން ފެށުމުން އިސްލާހަށް އޭރު މަސައްކަތް ކުރި މީހުންނަކީ މަދު ބައެއް ކަމަށް އޭރުގެ ސަރުކާރުން ބުނި ކަމަށެވެ. ނަމަވެސް އޭރުވެސް ގިނަ ވޯޓު ހޯދައި ވެރިކަން ލިބުނީ އެމްޑީޕީއަށް ކަމަށް ފާހަގަކުރެއްވިއެވެ. ނިޒާމީ ވޯޓަކަށް ނުގޮސްފިނަމަ މިހާރުގެ ސަރުކާރަށް މުސްތަގުބަލްގައި ގެއްލޭނެ ވޯޓުތަކެއް ހުންނާނެ ކަމުގައިވެސް ވިދާޅުވިއެވެ.
އެއީ އަޅުގަޑަށް ފޮރިން ފަންޑިން ލިބިގެން އަޅުގަޑު ދޮންމީހުން ބުނެގެން ކުރާން އުޅޭކަމެއް ރައީސާއި ބެހޭކަމެއްނޫން، ބަރަވެލި ނިޒާމަކީ ބޮޑު ވަޒީރުގެ ކޮރަޕްޓު ނިޒާމް !
.ދައުލަތުގެ ވިޔަފާރި ތައް
1/ އެސްޓީއޯ
2/ ސްޓެލްކޯ
3/ އެމްޑަބުލިއު އެސް
4/ އެޗްޑީސީ
5/ ފެނަކަ
6/ ޝިޕިން ކުންފުނި
7/ ޕޯޓްސް އޮތޯރިޓީ
8/ ދިރާގް
9/ ވަތަނިއްޔާ
10/ އެމްޓީސީސީ
11/ ކުއްޔަށް ދީފައިވާ ބިންތައް، ރިސޯޓް ތަށް
12/ އެއެމް ޕީއާރުސީ
13/ އެއާރޕޯޓް ކޮމްޕެނީ
14/ އައިލެންޑު އޭވިއޭޝަން
15/ އެމްޓީޑީސީ
މިތަންތަނުން ދައުލަތަށް ލިބޭ އާމްދަނީން ދައުލަތް ހިންގޭނެ އިތުރުޓެކުސް ރައްޔިތުންގެ އަތުން ނުނަގާ ވެސް، ޓެކުސް ނަގަން އުޅެނީ ސިޔާސީ ބޭނުމަކު ސިޔާސީ މީހުންގެ ފައިދާޔަކަށް .