ޚަބަރު

ސިއްހީ ހާލަތު ހުރި ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އާއިލާއިން އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިއްހީ ހާލަތުގެ ސަބަބުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން އާއިލާއިން އެެދިއްޖެއެވެ.

Ads by MWSC

އާއިލާއިން މިގޮތަށް އެދިފައިވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގެ ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

އާއިލާއިން އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން އެދުނުއިރު، މިދިޔަ ހަފްތާ ބުދަ ދުވަހުން ފެށިގެން ތިން ދުވަސްވަންދެން އެމަނިކުފާނު ވަނީ އައިޖީއެމްއެޗްގައި މަޑުކޮށް ޓެސްޓުތައް ހަދާފައިކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ރައީސް ޔާމީނާއި ބައްދަލު ކުރައްވާ އެމަނިކުފާނުގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި އެ ބައްދަލުވުމުގައި، ރައީސް ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ޝަރުތުތަކަކާއެކު ސަރުކާރުން އެމަނިކުފާނަށް ހުށަހެޅި ކަމަށާއި ނަމަވެސް އެ ހުށަހެޅުން ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށް ވަނީ އެނގިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!