ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަނީ
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ ސިވިލް ކޯޓަށް ދެ ފަނޑިޔާރުން ބޭނުންވާތީ އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އެކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 11 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 13:00 އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރަކަށް އަސަސީ މުސާރައިގެ ގޮތުގައި މަހަކު 30,000 ރުފިޔާއާއި, ލިވިންގ އެލަވަންސަށް މަހަކު 15,000 ރުފިޔާއާއި, ރިސްކް އެލަވަންސަށް މަހަކު 1650 ރުފިޔާ ލިބޭނެއެވެ. އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިންރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ. އަދި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.
ދާދިފަހުން ވަނީ ސިވިލް ކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ޢަލީ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމަށް ހުށަހެޅި ހުށަހެޅުން ޖޭއެސްސީން ގަބޫލުކޮށްފައެވެ. ސިވިލް ކޯޓުގައި މި ވަގުުތު ތިއްބެވީ 15 ފަނޑިޔާރުންނެވެ.
މިހާރު ދިވެހި ރައްޔިތަކަށް އެއްޗެއް ލިބެނީ މަޖިލިހުން ދިނީމަޔޯ ؟