ޚަބަރު

ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕަގެ ބަންދަށް 15 ދުވަސް

ދެން އެމްވީ ، ދެން އޮންލައިން

މެދު ރާއްޖެތެރޭގެ ރަށެއްގައި ދޮންދަރިއަކަށް ޖިންސީގޯނާ ކުރި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ދޮންބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ އުމުރުން 17 އަހަރުގެ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތެއް އޭނާގެ ބަންދަށް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ 21:20 ހާއިރުއެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!