ކުޅިވަރު

ސިޓީއާއި ދެކޮޅަށް ކުޅޭ މެޗަށް ހަޒާޑް ފިޓެއް ނޫން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރިއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ މެޗަށް ހަޒާޑް ފިޓް ނޫން ކަމުގައި ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

Ads by MWSC

ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑް ރިއާލް މެޑްރިޑުން މިދިޔަ ބުދަ ދުވަހު އިއުލާން ކޮށްފައިވާއިރު މި ސްކޮޑްގައި ހަޒާޑް ހިމެނޭކަން ފާހަގަ ކުރެވެއެވެ. ސްކޮޑްގެ 24 ކުޅުންތެެރިންގެ ތެރޭގައި ހަޒާޑް ހިމެނުނު ނަމަވެސް މެޗަށް ހަޒާޑް މުޅިން ފިޓު ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަޒާޑްއަށް އަނިޔާލިބިފައިވަނީ ފައިގެ ކުޑަ ހުޅަށް ކަމުގައި ރިޕޯޓްތައް ބުނެއެވެ. ހަޒާޑަށް އެންމެ ފުރަތަމަ އަނިޔާވެފައިވަނީ ފެބްރުވަރީ މަހުއެވެ. އަދި ހަމަ އެހެންމެ އެކަމުގެ ސަބަބުން މި ސީޒަންގެ ގިނަ މެޗުތަކެއް އޭނާއަށް ވަނީ ގެއްލިފައެވެ.

އޭރު ލިބުނު އަނިޔާތަކުން ރިކަވާވެ އަލުން ކުޅުމަށް ހަޒާޑް ނުކުމެފައިވަނީ ކޮވިޑް-19ގެ ބްރޭކަށް ފަހުގައެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަޒާޑް ޓީމުގެ ސްކޮޑުގައި އެކުލަވާލީ އޭނާގެ އެދުމުގެ މަތިން ކަމަށާއި ނަމަވެސް ހުކުުރު ދުވަހުގެ ރޭ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި ހަޒާޑް ފެނުމަށްވުރެ ނުފެނުން ގާތެވެ.

ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ބެލްޖިއަމް އަށް އުފަން ހުނަރުވެރި މި ކުޅުންތެރިޔާއަށް ރިއާލް މެޑްރިޑްގައި މި ސީޒަންގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ރިއާލް މެޑްރިޑްގެ ޖާރޒީގައި ހަޒާޑް 21 މެޗު ކުޅެފައި ވާއިރު ޖެހިފައިވަނީ އެންމެ ލަނޑެކެވެ.

ރިއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ ވާދަވެރި މި މެޗު ފަށާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!