ކުޅިވަރު

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ރެއާލް މެޑްރިޑް މުބާރާތާއި އަލްވަދާއު ކިޔައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޔުއެފާ ޗެމްޕިއަންސް ލީގު 13 ފަހަރަށް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑް މުބާރާތާ އަލްވަދާއު ކިޔައިފިއެވެ

Ads by STELCO

ރެއާލް މެޑްރިޑާއި އެންމެ ކައިރި ކުރާ އަދަދަކަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވަނީ 7 ފަހަރުއެވެ. އެއީ އޭސީ މިލާނުންނެވެ.

ރެއާލް މެޑްރިޑް މުބާރާތާއި އަލްވަދާއު ކިޔާފައި މިވަނީ ރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި 2:1 ގެ ނަތީޖާއަކުން ބަލިވުމާއި ގުޅިގެންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ވަނީ ރަނގަޅު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗު ފަށައިގެން މާ ގިނައިރު ތަކެއް ނުވެ ސިޓީއިން މެޗުގައި ލީޑު ނެގިއެވެ. ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރަފައެލް ވަރާން އަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި ގެބްރިއަލް ޖީސަސް ގެ އެހީތެރިކަމާއެކު ނުވަ ވަނަ މިނެޓްގައި މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިން އެވެ

މެޗުގައި ރެއާލް މެޑްރިޑުންވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލްއެ ޓީމަށް ޖަހައިދިނީ ކަރީމް ބެންޒީމާ އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ބެންޒީމާ މިގޯލް ކާމިޔާބު ކޮށްދިނީ ރޮޑްރީގޯ ނަގައިދިން ހުރަހަކުންނެވެ.

ނަމަވެސް އަނެއްކާވެސް ކުޅުމުގެ ތެރެއިން ރެއާލް ގެ ޑިފެންޑަރ ވަރާން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިޓީއިން ލީޑު ނެގިއެވެ. މެޗުގެ 68 ވަނަ މިނެޓުގައި މި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ  ފޯވާޑް ގެބްރިއަލް ޖީސަަސް އެވެ.

ރެއާލް މެޑްރިޑް މުބާރާތާ އަލްވަދާއު ކިޔާފައިވާއިރު މިއީ މި މުބާރާތަށް ލިބޭނެ ފަޅުކަމަކަށް ވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!