އިސްލާމީ ސަގާފަތު އާލާކުރަން އިތުރު ހިތްވަރާއެކު ގިނަ މަސައްކަތްތަކެއް ކުރުން މުހިންމު: ޝަހީމް

އިސްލާމީ ސަގާފަތާއި, އަޚުލާޤު އާލާކޮށް ދިރުވަން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ މިއަދު ކުރެެއްވި ޓުވީޓެއްގައެވެ.
އެ މަނިކުފާނުގެ ޓުވީޓުގައިވަނީ ދީނީ ގޮތުންނާއި, އިޖުތިމާއީ އަޚުލާޤިއްޔާތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އެތައް ގުނައަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވައިފައެވެ.އިތުރު
ވިދާޅުވީ އިތުރު ހިއްވަރާއި ޢަޒުމަކާއެކު އިސްލާމީ ސަގާފަތާއި އަޚުލާޤު މި ޤައުމުގައި އާލާކޮށް ދިރުވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަމުގައި ފަރުދުންނާއި ޖަމާޢަތްތަކުން ގިނަ މަސައްކަތްތަކެއް ކުރުން މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.ޙައްލަކީ ޢުމަރު
ވިސްނާލައްވާ! މިވެރިކަން ބަދަލު ކޮށްގެން ނޫނީ އިސްލާމީސަގާފަތް އާލާ ކުރެވޭނެ ގޮތެއް ނެތް.
މޮޅު މެނޫއަކާއެކު މީރު ރިހަކައްކާނެގޮތް ކިޔަކަސް ރަހައެއްނޭގޭނެ އަމަލީގޮތުން ކަންތައް ނުކުރާނަމަ ތިއީ ބޭކާރު އަނގަތެޅުން
ރައްޔިތުން ރަގަޅު ތަންދޮރު ކަންޑުފަރު ދަންނަ މާލިމީއަކު ހޯދަންވީ ޤައުމު ހިންގަން އޭރުން ރަގަޅުވާނީ، ޖަޒުބާތުގައި ނުޖެހި ވޯޓް ދޭންވީ އެންމެ ޤާބިލް މީހާޔަށް !