ކާނިވާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މާލޭ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ކާނިވާ ސަރަހައްދުގައި މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 09:00 ހާއިރުއެވެ.
އެކްސިޑެންޓް ހިނގީ އެ ސަރަހައްދަށް މަޑުކުރި ކާރަކުން މީހަކު ފައިބައިންވެގެން ދޮރު ހުޅުވައިލި ވަގުތު ފަހަތުން އައި ސައިކަލެއް ކާރުގެ ދޮރުފަތުގައި ޖެހުމުންނެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ސައިކަލް ދުއްވަން އިނީ ފިރިހެނެކެވެ. ފަހަތުގައި އިނީ އަންހެނެކެވެ.
Ads by Allied Insurance