ޚަބަރު

ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފި

ފްރަންޓް ލައިންގައި ހަރަކާތްތެރިވާއިރު ފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ކެމެރާތައް އަދި ބޭނުންކުރަން ފެށީ ޓްރަޔަލްއަކަށް ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ ބޮޑީ ކެމެރާއަކީ ފުލުހުން އާންމުންނާ މުއާމަލާތް ކުރުން ރަނގަޅުކުރުމަށާއި ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް މަދުކުރުމަށް މުހިއްމު ވަަސީލަތަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ ފުލުހުންގެ މަސައްކަތާ މެދު އާންމުންގެ އިތުބާރު ބޮޑު ކުރުމަށް ވެސް މުހިއްމު ވަސީލަތެއްކަން އޭނާ ވިދާޅުވިއެވެ.

މި ޓްރަޔަލް އަށް ބެލުމަށްފަހު ބޮޑީ ކެމެރާ ދާއިމީ ގޮތެއްގައި ބޭނުން ކުރަން ފަށާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!