ޚަބަރު އިޖުތިމާޢީ

ނިޔާވެފައިވާ މީހަކު ހޯދަން އިއުލާނުކުރެވުނީ އޮޅިގެން, އެކަހަލަ ކަމެއް ތަކުރާރުވިޔަކަ ނުދޭނަން: ފުލުހުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރ އިމްރާން، ޕޮލިސް ކޮމިޝަނަރއާއެކު.. ފޮޓޯ/ވަން

ނިޔާވެފައިވާ މީހަކު ފުލުހުންގެ ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށާއި, އެފަދަ ކަމެއް ތަކުރާރުވިޔަކަ ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙްޤީޤަށް ހޯދުމަށް ފުލުހުން ކުރި އިއުލާނުގައިވާ މީހަކީ އދ.ދަނގެތި/ފެހިވިނަ, ޝަކުލުﷲ ޢަލީ ކިޔާ މީހެކެވެ. އޭނާ ނިޔާވީ 2021 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުގައެވެ.

އެ މީހާ ހޯދަން ކުރި އިއުލާނު ފުލުހުންގެ ވެބްސައިޓުން ފަހުން ވަނީ ނަގާފައެވެ.

ފުލުހުން ދެންމެ ބުނީ, އެ މީހާ ފުލުހުންގެ ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.

''މި ފުރުސަތުގައި ނިޔާވެފައިވާ މީހާގެ އާއިލާއާއި އާންމުންގެ ކިބައިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ.'' ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިފަދަ ކަންކަމުގައި އަމަލުކުރަމުން ގެންދާ އުސޫލުތަކަށް ގެންނަޖެހޭ ބަދަލުތައް މި މުއައްސަސާއިން ގެންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!