އަންހެނަކު އޭނާގެ ފިރިމީހާގެ ކަރަށް ވަޅި ޖެހުމުން އޭޑީކޭގައި ފަރުވާދެނީ

ރާއްޖޭގައި އަންހެނަކު އޭނާގެ ފިރިމީހާގެ ކަރަށް ވަޅި ޖަހައި ޒަޚަމްކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ.
އަންހެން މީހާ ފިރިމީހާއަށް ހަމަލާދިނީ ދެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ފިރިހެން މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު, އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނޫނެވެ.
ފުލުހުން ބުނީ މީހަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުން އަންނަކަމުގެ މަޢުލޫމާތު ރޭ ލިބިފައިވާ ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި, މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.