ޚަބަރު ޝަރުޢީ ދާއިރާ

ސިވިލް ކޯޓުގެ ގާޒީކަމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސިވިލް ކޯޓް. ފޮޓޯ: އަވަސް

ސިވިލް ކޯޓުގެ ގާޒީކަމުގެ މަޤާމަށް 08 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

Ads by Sosun Fihaara

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބުނީ އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެ މަޤާމަށް 08 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.

ގާޒީކަމަށް ކުރިމަތިލެއްވި ބޭފުޅުން:

1.ޢަލީ ނަޞީރު, ގާޑެނިޔާވިލާ, ބ.ކިހާދޫ

2.ޢަބްދުﷲ ޒާހިރު, ދަފްތަރު ނަންބަރު ރސ 9175, މާލެ

3.މުޙައްމަދު ވިދާން ޝާކިރު, ހ.ހުދުފިނިފެންމާގެ, މާލެ

4.އާދަމް ޛާލިފް, އޯކިޑުމާގެ, ގއ.ގެމަނަފުށި

5.ޢަލީ ނަދީމް, ހ.ގްލޯރިއޯސާ 2, މާލެ

6.ނަފީލު މުޙައްމަދު, ލަކީހޯމް, ގއ.ދާންދޫ

7.ސިނާން ޢަލީ, ސަންޑަލްވޫޑް, ގދ.ފިޔޯރީ

8.އަޙްމަދު މަޢުޞޫމް, ހަވީރީމަންޒިލް, ލ.މާބައިދޫ

މި މަހުގެ 15 ވަނަ ދުވަހު ގާޒީއަކު ހޯދަން އިއުލާނުކުރީ އެ ކޯޓުގެ ގާޒީ ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ވަނީ ސިވިލް ކޯޓަށް އިތުރު ގާޒީއަކު ހޯދަން މި މަހުގެ 24 ވަނަ ދުވަހު ވެސް އިއުލާނުކޮށްފައެވެ. އެ ފުރުސަތު ހަމަވާނީ 11 ސެޕްޓެމްބަރަށެވެ.

އިތުރު ގާޒީއަކު ހޯދަން އިއުލާނުކުރީ އެ ކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ޢަލީ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!