ޚަބަރު

ދެ މައްސަލައެއްގެ ތަހުގީގަށް ރައީސް ޔާމީން މާދަމާ ފުލުހަށް ހާޒިރު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުން ބަލަމުން ގެންދާ ދެ މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުހަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނޭ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު ދެ މައްސަލައެއްގެ ތަހުގީގަށް މާދަމާ ދޭއް ޖަހާއިރަށް ރައީސް ޔާމީން މާލެ އަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

"ފުލުހުންނަކީ ސަރުކާރުން ޖަހާހާ ބެރަކަށް ނަޝާތަނަކަށް ވެއްޖެ. ދިވެހު ގައުމަށް ގާނޫނު އަސާސީގެ ދަށުން މިނިވަން މުވައްސަސާތައް ލިބޭނީ ކޮން ދުވަހަކުން ބާ؟" ޖަމީލް ވިދާޅުވެއެވެ.

ޖަމީލް ވިދާޅުވީ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަން ފެށީ، މިހާރު އެމަނިކުފާނުގެ މައްޗަށް އޮތް ދައުވާއަކީ ސިޔާސީ ދައުވާއެއްކަން އިސްތިއުނާފު މަރުހަލާގައި ހައިކޯޓުގައި ގާއިމްކޮށް ދެވިފައިވާތީ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެެފަ އެވެ.

އެގޮތުން މިދިޔަ ހަފްތާ ބުދަ ދުވަހުން ފެށިގެން ތިން ދުވަސްވަންދެން އެމަނިކުފާނު އައިޖީއެމްއެޗްގައި ބައްހައްޓައިގެން ޓެސްޓުތައް ހަދާފައިކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!