ޚަބަރު އިޖުތިމާޢީ

ކޮރަޕްޝަނާމެދު ދެކޭ ގޮތް ބަލަން އޭސީސީން ދިރާސާއެއް ކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އޭސީސީގެ މެންބަރުން. ފޮޓޯ: އޭސީސީ

ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

Ads by STELCO

އެ ދިރާސާއަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާބެހޭ މުއާހަދާގެ ދަށުން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ހަދާ ދިރާސާއެކެވެ.

އޭސީސީން ބުނީ ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި, އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 08 ގެ ކުރިން އެ ކޮމިޝަނަށް ހާޒިރުވެ, ޓެކްނިކަލް ޕްރޮޕޯޒަލްއާއި, ފައިނޭންޝަލް ޕްރޮޕޯޒަލް ވަކިވަކިން ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޓެކްނިކަލް ޕްރޮޕޯޒަލްތައް ހުޅުވުން އެ ބައްދަލުވުމުގައި އޮންނާނެކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ވަނީ ބީލަމާ ގުޅޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ގެޒެޓްކޮށްފައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތަށްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

Ads by Allied Insurance
  1. ނާޅި

    ތިޔަ ކޮމިޝަނަކީވެސް ކޮރަޕްޝަން ހިންގާ ތަނެއް، ބަލަ ދައުލަތުގެ ބިންބިމާއި ޢިމާރާތް ހުއްޓާ އަމިއްލަ މީހެއްގެ ޢިމާރާތް ބޮޑުއަގުގައި ކުލިޔަށް ހިފައިގެން ތިޔައުޅެނީ ކާކަށް ފައިދާ ހޯދަދޭންތޯ !

  2. ރޯމާ ދުވާލު އެގެން ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުން ނަށް އޮޅުވާލާ ވާވައްދަން ދެކޭ ގޮތޭ ކިޔާއިގެން މިޖަހާ ސަކަރަތެެއް ދޯ !