ޚަބަރު އިޖުތިމާޢީ

އޮރިޔާން ވީޑިއޯ ޢާންމުކުރި ޔާޔާ ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނަބީލް (ޔާޔާ)

ޢާންމު އިޖުތިމާޢީ މިންގަޑާ ޚިލާފު ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ޢާންމުކޮށްފައިވާ މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުން ބުނީ ކޯޓު ޢަމުރެއްގެ ދަށުން އެ މައްސަލައިގައި އިއްޔެ 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި, މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެއީ މީގެ ކުރިން އޮރިޔާން ވީޑިއޯއެއް ޢާންމުކުރި ގ.ކަމަރާގޭ މުޙައްމަދު ނަބީލް (ޔާޔާ) އެވެ.

ފަހަކަށް އައިސް އޭނާ އަންހެން ހެދުން އަޅައިގެން ފޮޓޯތަކާއި ވީޑިއޯ ޢާންމުކުރަމުންދާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!