ޚަބަރު

ގޭގެގައި ނަންބޯޑު ހަރުކުރަން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރަށެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް

ބޯހިމެނުމުގެ މަސައްކަތަށް ލުއިފަސޭހަކުރުމަށް، ގޭގެއާއި އެކިއެކި ޚިދުމަތްދޭ ތަންތަނުގެ ނަން ފެންނާނެހެން ނަން ބޯޑު ހަރުކޮށްފައި ހުރިކަން ކަށަވަރުކުރުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓީސްޓިކްސްއިން އެދިއްޖެއެވެ.

Ads by MWSC

ބޯ ހިމެނުމުގެ މަސައްކަތަކީ ރާއްޖޭގައި ކުރިއަށްގެންދާ އެންމެބޮޑު ސަރވޭ މަސައްކަތެވެ. އެންމެފަހުން ރާއްޖޭގައި ބޯ ހިމެނުން ކުރިއަށް ގެންގޮސްފައިވަނީ 2014ވަނަ އަހަރުއެވެ.

ބޯހިމެނުމުގެ ސަރވޭގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17ވަނަ ދުވަހުއެވެ. މިކަމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓީކްސިން އަންނަނީ ވަމުންނެވެ.

މަޢުލޫމާތު އެއްކުރުމުގެ އާއްމުންގެ ފުރިހަމަ އެއްބާރުލުމަށް އެ ބިއުރޯއިން އަންނަނީ އެދެމުންނެވެ. މިސަރވޭއަށް މަޢުލޫމާތު ނަގާނީ ހޮވާލެވޭ ގެތަކުންނާ، ޚިދުމަތް ދޭ ތަންތަނުންނެވެ. އެގޮތުން ސަރވޭގެ މަސައްކަތް ފެށުމުގެ ކުރިން، މި ލިސްޓް އެކުލަވާލުމުގެ މަސައްކަތް މިމަހުގެ 13 އަދި 14ވަނަ ދުވަހު ކުރިއަށްގެންދާނެއެވެ.

ސްޓެޓްސް ބިއުރޯއިން ވިދާޅުވީ ލިސްޓް އެކުލަވާލުމަށް ޓިމްތަކުން ދާއިރު އެކަމަށް ފަސޭހަކުރުމުގެ ގޮތުން، ގޭގެއާއި އަދި މަސައްކަތް ހިނގާ ތަންތަނުގައި އެތަންތަނަކީ ކޮބައިކަން އިނގޭގޮތަށް ނަން ޖަހާފައި ނުވަތަ ނަން ބޮޑު ހަރުކުރުމަށް އެދިފައެވެ. އަދި ބައިބަޔަށް ހުންނަ ތަންތަނުގައި، އެޕަރޓްމަންޓް ނަންބަރު އިނގޭނެހެން ބެހެއްޓުމަށްވަނީ އެދިގައެވެ. އަތޮޅުތަކުގެ ރަށްރަށުގައިވެސް މިގޮތަށް ޢަމަލުކުރުމަށް ސްޓެޓްސް ބިއުރޯއިން އަންގައެވެ.

Ads by Allied Insurance
  1. ނާޅި

    މިކަމުން ފައިދާއެއް ވޭތޯ ގިނައިން ޖަމާވާނީ ސައްހަ ނޫން މައުލޫމާތު، ރައްޔިތުންވެސް ކޮންމެހެން ނޫޅޭ ރަގަޅު މައުލޫމާތެއް ދޭކަށްވެސް !

  2. ޤާނޫނު ހަދައިގެން ރައްޔިތުންނަށް މަޖުބޫރުކޮށް ބިރުދައްކައިގެން ކޮންމެކަމެއް ކުރަން އުޅޭ ބައިގަޑެއް، މަޖުބޫރުން އެއްވެސް ކަމެެއް ކުރުވުމަކީ ޤާނޫނު އަސާސީޔާއި ހިލާފުކަމެއް، މައުލޫމާތު ދޭވޭނީ ހަމަ އެމީހަކު ބޭނުމިއްޔާ ޤާނޫނޭ ކިޔާއިގެން އެއްކަމެއްވެސް ނުކުރެވޭނެ !