ޚަބަރު އިޖުތިމާޢީ ސަރުކާރު

ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބޭފުޅުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ބޯހިމެނުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

Ads by STELCO

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބޭފުޅުން މަސައްކަތް ކުރައްވަން ހަމަޖެހިފައިވާ ތަން ކަމުގައިވާ ދަރުބާރުގެއަށް މިއަދު ވަޑައިގެން ރައީސް ވަނީ, އެކަމުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެ ފަށްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއް ކަމަށާއި, ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަކުރެވި, އެ ކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ފަރާތުން ބޯހިމެނުން 2022 ގެ ލިސްޓިންގ ގެ މަސައްކަތްތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްސީލި މަޢުލޫމާތުތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ މި މަހުގެ 17 އިން 25 ގެ ނިޔަލަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!