ޚަބަރު އިޖުތިމާޢީ

އާބާދީގެ ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ލިޔެކިއުން ނެތް ބިދޭސީން ކިއޫގައި -- ދެން އިމޭޖްސް

ރާއްޖޭގެ އާބާދީގެ ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ހަރަކާތުގައި އެއްކުރެވިފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ.

Ads by STELCO

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްޓިކްސްއިން އެންމެފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީގައި 515،122 (ފަސްލައްކަ ފަނަރަ ހާސް ސަތޭކަ ބާވީސް) މީހުން ތިބިއިރު މީގެ ތެރެއިން 382,751 (ތިން ލައްކަ އައްޑިހަ ދެހާސް ހަތް ސަތޭކަ ފަންސާސް އެކެއް) މީހުންނަކީ ދިވެހިންނެވެ. ބާކީ 132،371 (ތިން ލައްކަ ތިރީސްދެހާސް ތިން ސަތޭކަ ހަތްދިހަ އެކެއް) މީހުންނަކީ ބިދޭސީންނެވެ. މިއީ ރާއްޖޭގެ އާބާދީގެ ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެކެވެ.

އެމްބީއެސް އިން އާއްމުކޮށްފައިވާ މައުލޫމާތައް ބަލާލާއިރު އަތޮޅު ތެރޭގައި 46 ޕަސެންޓް މީހުން އުޅޭއިރު ރިސޯޓްތަކުގައި 10 ޕަސެންޓް މީހުން އުޅެއެވެ. މާލެ ނުހިމަނާ އެންމެ ބޮޑު އާބާދީއެއް މިވަގުތު އޮތީ އައްޑޫގަ އެވެ.

އެއީ 25،000 އަށް ވުރެ ގިނަ މީހުންނެވެ. އަދި 500 މީހުން ހަމަނުވާ 40 އަށް ވުރެ ގިނަ ރަށް މިހާރު ވެސް ރާއްޖޭގައި އެބައޮތެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!