މާރާމާރީ ހިންގި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި އުޅޭ ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީ ހިންގައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ޢުމުރުން 19 އަހަރުގެ ޗަންދަން ކުމާރާއި, ބަންގްލަދޭޝްގެ ޢުމުރުން 37 އަހަރުގެ ސޫފީ ކިޔާ މީހެކެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފައެވެ.
ކޯޓު ޢަމުރުގައި ބުނެފައިވަނީ އެ ދެ މީހުންގެ މެދުގައި ހިންގި މާރާމާރީގައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ދެ މީހުން ވެސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ކުށުގެ ޢަމަލު ހިންގާފައިވަނީ ޢާންމު ތަނެއްގައި ކަމަށާއި, މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.