ޚަބަރު

ރާނީ އެލިޒިބަތް އަވަހާރަވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ ދެންމެ އަވަހާރަވެއްޖެއެވެ.

Ads by STELCO

ކުއީން އެލިޒަބަތު ދޭއް އަކީ އިނގިރޭސި ތަޚުތުގައި އެންމެ ގިނަ ދުވަސް ވަންދެން ރަނިކަން ކުރެއްވި ރާނީ އެވެ. އެލިޒަބަތަށް ރާނީގެ ތަޚުތު ލިބިވަޑައިގަތީ އުމުރުފުޅުން 27 އަހަރުގައި ޖޫން 1953 ގައެވެ. ރަނިކަމުގައި 72 އަހަރު އެކަމަނާ ހޭދަ ކުރެއްވިއެވެ.

އިނގިރޭސި ރާނީގެ ގޮތުން މަޝްހޫރުވެފައި ވިޔަސް، ކުއީން އެލިޒަބަތަކީ އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ވެސް ރާނީއެވެ.

އެކަމަނާ އަވަހާރަވުމާ އެކު، އިނގިރޭސި ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ހަވާލުވެ ވަޑައިގަންނަވާނެއެވެ.

ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެ ވަޑައިގަންނަވާ އުމުރުފުޅުން 73 އަހަރު ޗާލްސްއަކީ އަވަހާރަވެފައިވާ ޕްރިންސަސް ޑަޔާނާގެ ކުރީގެ ފިރިކަލުންނެވެ. ޗާލްސްއަށްފަހު ރަސްކަމުގެ ތަޚުތު ދެން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށެވެ.

Ads by Allied Insurance
  1. އެތަކެއް މުސްލިމް ޤައުމުތަށް އިސްތިޢުމާރުކުރި އެތަކެއް ކުޑަކުދިން ނާއި އަންހެން މެރުމުގައިވެސް ބައިވެރިވި އިގިތޭސި ރާނީ !

    • އަލީ

      އެތަކެއް މުސްލިމް ޤައުމުތަށް އިސްތިޢުމާރުކުރި އެތަކެއް ކުޑަކުދިން ނާއި އަންހެން މެރުމުގައިވެސް ބައިވެރިވި އިގިތޭސި ރާނީ !
      ކީއްކުރާނީ އިސްލާމީއުންމަތުގެ ދުސްމަނުން މަރުވީމަވެސް ، އަވަހާރަވެގެން މުޅި ދިވެހިޤައުމު ހިތާމައިގައި.

  2. ސައްލި

    ފަލަސްތީން އަޅުވެތިކޮށް އަންހެނުންނާއި ކުޑަކުދިން ޝަހީދު ކޮށްލުމުގައި ޔަހޫދިންނާއި ބައިވެރިވެ ވާޤިވެރިވާ ހުޅަގުމީހުން އުފައްދާދިން ޔަހޫދީ ޒަޔަނިސްޓު ޖަމާޢަތުން މިއަދު އެދަނީ المسجد الأقصى المبارك ތަޅާ ސުއްނާފަތިކުރަމުން ކަން އެންގިލައްވާތޯ !