ޚަބަރު

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުން ވަކިކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބެލި މައްސަލަތަކަށް ފަހު އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

Ads by STELCO

ހަސަން ދީދީއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ކޮމިޝަނަށް ހުށަހެޅި ބަލަމުންދާ ކަމަށް ކުރިން ޖޭއެސްސީން ބުނެ އެވެ.

އެ މައްސަލަތައް ބެލުމަށް ފަހު މިއަދު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު އިސްމެޖިސްޓްރޭޓް ހަސަންދީދީ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމާއި، ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ބެލުމާއި، މުވައްޒަފަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދެއްކުމާއި ޤާނޫނާ ހިލާފަށް ދަތުރުކުރުމާއި، ބިލްތައް ހެދުމާއި، ހަޑިހުތުރުބަހުން އެއްޗެހި ގޮވުމާއި، ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ހެކީންގެ ބަޔާން ނެގުމަށް ހުރަސްއަޅާ މައްސަލަތައް ސާބިތުވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އެކަންކަން އިސްމެޖިސްޓްރޭޓް ޙަސަންދީދީގެ މައްޗަށް ސާބިތުވެފައިވާ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާ ޢަމަލެއް ކަމަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭތީ އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން، އިސްމެޖިސްޓްރޭޓް ޙަސަންދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، ނިންމާފައިވާ ކަމަށެވެ.

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލަ ފެންމަތިވީ ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ މުނި ކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހޫނުވެފައިވުމާ ގުޅިގެންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!