ޚަބަރު އިޖުތިމާޢީ

މިނީ ބަހުގެ ޚިދުމަތަށް ދަތިވާ ގޮތަށް ޕާކުކުރާތީ 538 އުޅަނދެއްގައި ސްޓިކާ ޖަހައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިނީ ބަހުގެ ޚިދުމަތަށް ދަތިވާ ގޮތަށް މަގުމަތީގައި ޕާކުކޮށްފައިވާ 538 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ދުއްވާ އެއްޗެހި ޕާކު ކުރުން މަނާކޮށްފައިވާއިރު, ބަސް ރޫޓަށް ދަތިވާގޮތަށްޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖަހައި, ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ ގޮތުން ފުލުހުން ބުނީ މިދިޔަ ހަފުތާގެ އަންގާރައިން ފެށިގެން އިއްޔެގެ ނިޔަލަށް 538 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާނެ ކަމަށެވެ.

އަދި 30 ސައިކަލަކާއި, ކާރެއް ޓޯ ކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!