ޚަބަރު ސަރުކާރު

ކައުންސިލާއި ދެކޮޅަށް މިއަދު ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް މިއަދު އެހިދުމަތް ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

Ads by Sosun Fihaara

ވިލިމާލޭގެ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30ގައެވެ. އަދި ވިލިމާލޭގައި ދޭންފަށާ ބަހުގެ ޚިދުމަތަށް ފުރަތަމަ ދެހަފްތާގެ ތެރޭގައި އަގު ނުނަގާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމަށް 6 ބަސް މިހާރު ވަނީ ވިލިމާލެއަށް ގެންގޮސްފައެވެ.އެއިން ކޮންމެ ބަހެއްގައި 11 ގޮނޑީގަ އަދި ހަތަރު މީހުން ކޮޅަށް ތިބެވޭނެއެވެ. ވިލިމާލޭގައި އެމްޓީސީސީން ބޭނުންކުރާނީ އެކުންފުނިން ދާދި ފަހުން ރާއްޖެ ގެނައި ތިމާވެއްޓާއި ރައްޓެހި ކުއިލެކްޓްރިކް ބަސްތަކެވެ.

ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ފަށާފައިވާ މިވަނީ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީގެ ހިދުމަތް ދިނުމަށް ތައްޔާރުވެފައިވަނިކޮށެވެ. އެހެންކަމުން ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި ވިލިމާލޭއަށް ބަސްތައް ގެންގޮސްފައިވަނީ ވަގަށް ކަމަށް ބުނެ މާލޭ ސިޓީ މޭޔަރ ޑރ މުއިއްޒު ވަނީ އެމައްސަލަ ޕޮލިހާއި އެލްޖީއޭއަށް ހުށައަޅާފައެވެ.

  1. ޢަޙޮމަދު

    މުއިއްޒު ގެ އަމިއްލަ ވިޔަފާރި އެޖެންޑާ ވަރަށް ބޮޑުވާނެ.
    ނިކަން ބައްލަވާ. މާލޭގެ ޕާކިން ސްލޮޓް ތަށް ވިއްކި ގޮތާއި ގޮތް ނޭންގޭ ޓޭކް ތަވޭ ބިން ދީ ހަދޤޮތް.

  2. ގަލަން

    ކައުންސިލުން ކީއްވެގެންތަ ރަތްޔިތުން ނައް ދޭން އުޅޭ ޚިދުމަތަކައް ދެކޮޅު ހަދަންވީ. ސިޓީ ކައުންސިލުން ވެސް ބަޤީގެ ހިދުމަތް ދިނީމަ އެނިމުނީ އޭރުން އިނގި ދާނެ މޮޅު ބަޔަކު

  3. ޙައްޤުބަސަ

    ރައްޔިތުންނަށް ހެވެއް އެދޭ އެއްބަޔަކު ވެސް ނެތް. ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަނީ ފަރުދީ މަންފާ ލިބިގަތުމަށް… ރައްޔިތުންނަށް މަންފާ ލިބިދިނުމަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެންގެ ވެރިންނަށް ހިދާޔަތު ދެއްވާނދޭވެ!

  4. އަލީ

    ތީގެއިންވެސް އިގޭއެއްޗަކީ މިކަހަލަ ކުޑަ ގައުމަކައް ތިކިޔާ ލާމަރުކަޒީ ނިޒާމު އިން ވަނީ ގެއްލުނަ ކަން …މިއި މާސަރުކާރައް ނުބެލެހެއްޓޭވަރުގެ ގައުމެއް ނޫން