ޚަބަރު

އީރާނާއި ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ އީރާނާއި ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.

Ads by MWSC

ސަރުކާރުން މިކަން ހާމަކުރައްވައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް މިހާރު ފެތުރިފައިވާ އިރާނާއި އަދި ދެކުނު ކޮރެޔާގެ ދެ ސަރަހައްދު ކަމަށްވާ ޑޭގޫ އަދި ޖެއޯންގޮކް އިން ރާއްޖެ އަށް މީހުން އައުން މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

"ސައުތު ކޮރެއާގެ ޑޭހޫ އަދި ޖެއުން އިން ރާއްޖެއަށް މީހުން އައުން މެދުކަނޑާ މިލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކްރޫޒްލައިނާތައް ރާއްޖެ އައުންވެސް މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި މި ބަލީގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި އަދި ބަލީގެ ހާލަތު ބަދަލުވަމުންދާ ވަރަކަށް އިތުރު ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށެވެ.

އިރާނުން މީހުން އައުން މަނާކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން މިރޭ ބުނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެއްވެސް މީހަކު އީރާނަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!