މެޖިސްޓްރޭޓް ޢަލީ ޝަރީފުގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި

ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފު ޢަބްދުއްޞަމަދުގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.
މެޖިސްޓްރޭޓް ޢަލީ ޝަރީފާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ ޤާނޫނު ހުއްދަކުރާ މިންވަރަށްވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވިކަމަށް ބުނާ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ އެ މައްސަލަ ތަޙްޤީޤު ކުރެވި, މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 62 ވަނަ ބައްދަލުވުމުގައި ކަމަށެވެ.