ޚަބަރު

ޑރ. ބިލާލް ރާއްޖެ އައުން ހުއްޓުވުނު، އެކަމަކު ލާދީނީ މީހުންނަށް ލައިސެންސް ދީފައި: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ޕޮލިޕްސް ރާއްޖެ އައުން މި ސަރުކާރުން ހުއްޓުވި ކަމަށާއި ނަމަވެސް ލާދީނީ ކަންކަން ފަތުރާ މީހުންނަށް އޮތީ ލައިސެންސު ދީފައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖޭގެ އެކި ހިސާބުތަކުގައި، ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ، ލާދީނީ ވޯކްޝޮޕްތަކެއް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ބަލަން ފަށާފައެވެ. މި ވޯކްޝޮޕްތައް ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުލިއަމް ޖަމިއްޔާއިންނެވެ.

އެ ޖަމިއްޔާއަކީ ކުރިން ހައްދު ފަހަނަ އަޅާދިއުމުގެ ވިސްނުން ގެންގުޅުނު އިނގިރޭސިވިލާތުގެ މުސްލިމެއް ކަަމަށްވާ މާޖިދު ނަވާޒް އުފެއްދި ޖަމިއްޔާއެކެވެ.

މިކަމަށް އިޝާރާތް ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ތެދުވަން ވެއްޖެ ކަމަށާއި ދީން ދިފާއު ކުރުމަކީ ވާޖިބެއް ކަމަށެވެ.

"ސަރުކާރަށް ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ހުއްޓުވުނު، އެކަމަކު ލާދީނީ ކަންކަން ކުރާ މީހުންނަށް މިއޮތީ ލައިސެންސު ދީފައި." ޖަމީލް ވިދާޅުވިއެވެ

ޖަމީލް އިތުރަށް ވިދާޅުވީ ގައުމުގެ ރުކުންތައް ފުނޑާލަން އެއްވެސް ބަޔަކަށް ޖާގަ ނުދެވޭނެ ކަމަށެވެ.

ޔޫތް މިނިސްޓްރީގެ ދައުވަތަކަށް ޑރ.ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް ބިލާލް ރާއްޖެ ގެންނަން ނިންމާފައިވާކަން އިއުލާން ކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

ޑރ.ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ހިމެނެއެވެ.

އެކަމާ ގުޅިގެން އުފައްދަމުންދާ ސުވާލުތަކާ އަދި ކަންބޮޑުވުންތަކާ ގުޅިގެން ކަމާގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ ޑރ.ބިލާލްގެ އިވެންޓު މަޑުޖައްސާލުމަށް ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!