ދުނިޔެ

އެންމެ ގިނަ ވޯޓާއެކު ރާޖަޕަކްސަ ތާރީޚުގެ ތެރެއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަހިންދަ ރާޖަޕަކްސަ

ޝްރީ ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސާ، އެންމެ ގިނަ ވޯޓާއެކު އަނެއްކާވެސް އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

Ads by WAMCO

ރާޖަޕަކްސާ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް އެންމެ ފުރަތަމަ ވެސް މަރުހަބާ ދެންނެވި މީހުންގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހިމެނެއެވެ.

ޝްރީ ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސާ އެޤައުމުގެ ބޮޑު ވަޒީރު ކަމަށް އަލުން ހޮވި ވަޑައިގެންނެވީ ފަސް އަހަރު ފަހުންނެވެ. ބޮޑު ވަޒީރު ކަމަށް ހޮވި ވަޑައިގެންނެވިއިރު ޝްރީލަންކާގެ ރައީސަކީ އެމަނިކުފާނުގެ ކޮއްކޯފުޅު ގޯޓާބަޔާ ރާޖަޕަކްސާ އެވެ.

އެހެންކަމުން ދެން ޝްރީ ލަންކާގައި ވެރިކަން ކުރާނީ "ރާޖަޕަކްސާ" އާއިލާގެ ދެބެންނެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!