ތާލިބާނުން އެމެރިކާއާއެކު ހައްޔަރީން ބަދަލުކޮށްފި
އެމެރިކާ އާއި އަފްގާނިސްތާނުގެ ތާލިބާން ސަރުކާރާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ގައިދީން ބަދަލުކޮށްފިއެވެ.
ތާލިބާނުން އެމެރިކާއާ ހަވާލުކުރީ 2020 ވަނަ އަހަރުން ފެށިގެން ހައްޔަރުކޮށްގެން އުޅޭ އެމެރިކާގެ އިންޖިނިއަރު މާކް ފްރެރިޗްސްއެވެ.
ބަދަލުގައި އެމެރިކާއިން ތާލިބާނުންނާ ހަވާލުކުރީ 2005 ވަނަ އަހަަރުން ފެށިގެން އެމެރިކާއިން ބަންދުކޮށްގެން އުޅޭ އަފްގާނިސްތާނުގެ ގަބީލާ ލީޑަރު ބަޝީރް ނޫރްޒާއީއެވެ.
ބަޝީރް ނޫރްޒާއީ އުމުރަށް ޖަަލުގައި ބަންދުކޮށްފައި ހުރީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގަ އެވެ. އޭނާއަކީ ތާލިބާނުންނާ ގާތް މީހެކެވެ.
އުމުރުން 60 އަހަރުގެ ފްރެރިޗްސް 2020 ވަނަ އަހަަރު ތާލިބާނުންގެ އަތް ދަށަށް ދިޔަ އިރު، އޭނާ އަފްގާނިސްތާނުގައި ދިރިއުޅޭތާ 10 އަހަރު ވެއްޖެއެވެ. އޭނާ ބަންދުކޮށްފައި ހުރުމަކީ އެމެރިކާ އާއި ތާލިބާާނުންގެ ގުޅުން ރަނގަޅު ކުރެވޭނެ އެއް ސަބަބުގެ ގޮތުގައި އެނެލިސްޓުން ދިޔައީ ފާހަގަކުރަމުންނެވެ.
މިދިޔަ ޖެނުއަރީ މަހު ރައީސް ޖޯ ބައިޑެން ވެސް ވިދާޅުވީ ތާލިބާން ސަރުކާރަކީ ގާނޫނީ ސަރުކާރެއްގެ ގޮތުގައި ބަލައިގަތުމުގެ އެއްވެސް މަޝްވަރާއަކާ މެދު ވިސްނޭނީ އޭނާ ދޫކޮށްލުމުން ކަމަށެވެ.