ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ
ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އަލިފާނުގެ ހާދިސާއެއް ހިނގީ ކޮއްދިއްޕަރު ރިސޯޓު ކައިރީގައި އޮތް ލޯންޗެއްގައި ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 12:00 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ގޮތުން ސިފައިން ހަރަކާތްތެރިވަމުންދާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި މީހަކަށް ގެއްލުންވިކަމެއް އަދި ސާފެއް ނުވެއެވެ.
Ads by Allied Insurance