ޚަބަރު

ތިލަމާފުށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތްތައް ގަވާއިދާއި ޚިލާފަށް ކުރުމުން 20،000 ރ. ގެ ޖޫރިމަނާއެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ތިލަމާފުށި ރިސޯޓު. ފޮޓޯ: ޓްރެވެލް ނިއުސް

ޅ.ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ ބައެއް މަސައްކަތްތައް ގަވާއިދާއި ޚިލާފަށް ކޮށްފައިވާތީ ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.

Ads by Hajj Corporation

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ އެޖެންސީގެ ހުއްދައެއްނެތި ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމުގެ ބައެއް މަސައްކަތްތައް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެ ގޮތުން ގަވާއިދާ ޚިލާފަށް ކުށްކުރި ފުރަތަމަ ފަހަރުކަމުން 20,000 ރުފިޔާ އިން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރީ މި މަހުގެ 21 ގައި ކަމަށާއި, ޖޫރިމަނާގެ ފައިސާ މި މަހުގެ 22 ވަނަ ދުވަހު އެ ފަރާތުން ދައްކާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކާއި, ރަށުގެ ތިމާވެށީގެ މިހާރުގެ ހާލަތު, އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު, ރިޕޯޓެއް, ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަސް ތެރޭގައި އެ އެޖެންސީއަށް ހުށަހެޅުމަށް ވެސް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ. އަދި ތިލަމާފުށީގައި ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި މިހާރު ކުރެވިފައިވާ މަސައްކަތްތައް އީއައިއޭ މޮނީޓަރިން ޕްލޭންގައި ހިމަނައި އަދި އިސްލާހުކޮށް, އާ މޮނީޓަރިންގ ޕްލޭން ހުށައަޅާނެ ކަމުގެ ލިޔުމެއް ހަތް ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް ހުށަހަޅުމަށް މި މަހުގެ 21 ގައި ވަނީ އަންގާފައިވާ ކަމަށެވެ.

ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ދިވެހި ކުންފުންޏަކާއި ޗައިނާ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓު ވެންޗާ ކުންފުންޏެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!