ލަންކާއަށް ބޭރުގެ އެހީ ހޯދުމާ ގުޅޭ މަޝްވަރާއަށް ނަޝީދު އެ ގައުމަށް

ސްރީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާއަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ގައުމަށް މިރޭ ފުރާވަޑައިގަންނަވައިފިއެވެ.
ރައީސް ނަޝީދު ވަޑައިގެންފައިވަނީ ލަންކާގައި ބާއްވާ، ބައިނަލްއަގުވާމީ އެހީ ހޯދުމަށް ކްލައިމެޓް ވުލްނަރަބުލް ފޯރަމް (ސީވީއެފް) އިން ބާއްވާ މަޝްވަރާތަކަކަށެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ހާމަކުރި ގޮތުގައި، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ލަންކާ ސަރުކާރުން ބާއްވާ މަޝްވަރާތަކަކީ އެ ގައުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.
ރައީސް ނަޝީދު ވަނީ ލަންކާއަށް އެހީ ހޯދަން އަމިއްލަފުޅަށް އެދިވަޑައިގެން މަސައްކަތް މީގެ ކުރިން ވެސް ކުރައްވާފައެވެ. ނަމަވެސް މާބޮޑު ނަތީޖާއެއް ހާސިލް ނުވާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ރިޔާސީ ރޭހުގައި ކެމްޕޭންކުރަން ފޮރިން ފަންޑިން ޖަމާކުރަން އެދިޔައީ !