ޚަބަރު އިޖުތިމާޢީ

މޫސް ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ, ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.

Ads by Sosun Fihaara

މެޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް މި އޮތް ފަސް ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ.

އެކަން ފާހަގަކޮށް އެންޑީއެމްއޭއިން މިއަދު ވަނީ ދަތުރު ފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

''ސަލާމަތްވެ ތިބެވޭނީ ސަލާމަތްވާނެ މަގު ހޯދައިގެން.'' އެންޑީއެމްއޭއިން ބުންޏެވެ.

ގެއަށް ފެން ނުވަންނާނެހެން ގޭ ދޮރުމަތީ ވެލި ބަސްތާ ޖެހުމާއި, ގޭތެރޭގައި ފެން ބޮޑުވެއްޖެނަމަ ގެއްލުންވާނެ މުދާތައް ފެން ނުޖެހޭ އުސް ތަންތަނަށް ބަދަލުކުރުމާއި, ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި, ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިލާފާނެކަމަށް ލަފާކުރެވޭނަމަ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން އެއްސުމާއި, ބޭނުން ނުކުރާނަމަ, ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައްކަން އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!