Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދަސްވާރުގެ ބަދަލުގައި "ހޭވައްލާ" ޕްރޮގްރާމް ފަށައިފި

ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުތަކުގައި ކުރިއަށް ގެންދިޔަ "ދަސްވާރު" ޕްރޮގްރާމް ހުއްޓާލުމަށްފަހު، "ހޭވައްލާ"ގެ ނަމުގައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ރ. އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މީގެ ހަ އަހަރު ކުރިން 2014 ގައި ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓާލީ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެކަށީގެންވާ ގޮތަށް އެ ޕްރޮގްރާމް ހިންގާފައި ނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓްރީއިން ބުނެފައި ވަނީ، ދަސްވާރު ނިންމާ ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން އެކުދިންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން "ހޭވައްލާ" ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އެ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ހުރިހާ ކުދިންނަށެވެ.

އާ ޕްރޮގްރާމް ފައްޓަވައިދެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ވިދާޅުވީ ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ދިނުން މުހިއްމު ކަމަށެވެ. އަދި ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ 20 ސްކޫލެއްގައި ފެށި ހޭވައްލާ ޕްރޮގްރާމުގައި 250 ދަރިވަރުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް