ޚަބަރު

ވެލިދޫ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓުގެ ކޮރަޕްޝަން މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓު އަޙްމަދު ސަޢީދު ޢަލީ : ފޮޓޯ| ޖޭއެސްސީ

ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓު އަޙްމަދު ސަޢީދު ޢަލީ, މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވިއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓެވުމާއި, ރިޝްވަތު ނެންގެވިކަމަށް ބުނާ މައްސަލަ އޭސީސީއަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

އޭސީސީގެ އޮފިޝަލަކު މިއަދު ''ދެން'' އަށް ވިދާޅުވީ ޖޭއެސްސީން އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މައްސަލަ އޭސީސީން ބަލައިގެންފައިވާ ކަމަށެވެ.

ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމުގެ މަޤާމަށް ސަޢީދު އައްޔަންކުރީ 2014 ވަނަ އަހަރުގައެވެ.

ސަޢީދު ޢަލީ ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތުނަގާކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުންދަނިކޮށް، 2022 ސެޕްޓެންބަރު 06 ގައި ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދީފައެވެ.

  1. ޖޭއެސްސީން ފަޑިޔާރުންނަށް ބިރުދައްކަން އުޅެނީ !

  2. ރަށުމީހާ

    ބިރުދައްކަނީ