ޚަބަރު

ދެ އަހަރުގެ ކުއްޖާގެ މައިންބަފައިންގެ މައްޗަށް ދައުވާ އުފުލައިފި

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫގައި އުމުުރުން ދެއަހަރު ކުޑަ ކުއްޖާކަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައިގައި، އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ދެ ދައުވާ އެއް ޕްރޮސެކުއުޓާ ޖެނެރަލް އޮފީހުން ކޮށްފިއެވެ.

ޕީޖީން ބުނެފައިވަނީ، ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ އާއި ޤާނޫނުލްއުޤޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެޤާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުއަޅާފައިނުވުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފަ އާއި އެކުއްޖާގެ މުނި ކާފަގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އެގޮތުން ދައުވާ އުފުލާގައި ވަނީ ގއ. ކަނޑުހުޅުދޫ ރިހިވެލި، އުމުރުން 62 އަހަރުގެ، އިބްރާހީމް ދީދީ އާއި ކަނޑުހުޅުދޫ، އަންނާރުމާގޭ، އުމުރުން 82 އަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށެވެ.

ދައުލަތުގެ ފަރާތުން އެ ދެމީހުންގެ މައްޗަށް ކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ، ގާނޫނުގެ ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!