ޕްލޭނިން މިނިސްޓަރު އަސްލަމް އައްޑޫގައި

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން އައްޑޫގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ހިނގާ ގޮތް ބެއްލެވުމަށް މިނިސްޓަރު އަސްލަމް އައްޑު އަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވާ އެ ސިޓީގައި މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރުގެ މި ދަތުރުގައި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން ވަމުންދާ ތައްޔާރީތަކާއި އަދި އައްޑޫގެ ފްލެޓްތަކުގެ ހާލަތު ވެސް ބައްލަވާލައްވާނެއެވެ.
އަބަދުވެސް ސަރުކާރުން ޕުލޭން ކުރަނީ އައްޑޫ އަތޮޅު ތަރައްޤީ ނުވާނެ ގޮތަކަށް ، ރިޔާސީ އިންތިހާބު ކައިރި ވީމާ ސިޔާސީ މީހުން ރީތި ސުރުހީ އަޅާދޭނެ ! ތިތަން އޮންނާނީ ޕޮލިސް ޓުރޭނިން ކުރާ ތަނެއްގެ ގޮތުގައި ، ބަޔޮސްފެޔާ ރިޒާވް ގެގޮތުގައި !