ޖޭއެސްސީ އިސްލާހު ކުރުމާގުޅޭ މަޝްވަރާގައި ބައިވެރިވުމަށް ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމާގުޅޭ މަޝްވަރާގައި ބައިވެރިވުމަށް މަދަނީ ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެޓާނީ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވަޖެނެރަލްގެ އޮފީހުން ވަނީ ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން ރަޖިސްޓަރީކުރުމަށް އެދިފައެވެ. ރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވަނަ ދުވަހެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖަޢާކޮށްއިލަންޖެހޭ ޤާނޫނު އެކުލަވައިލައި މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
އެ ބިލު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި އޭޖީ އޮފީހުން ވަނީ ސްޕްރީމް ކޯޓާއި, ހައިކޯޓާއި, ޖޭއެސްސީއާ ވެސް ބައްދަލުކޮށްފައެވެ.